ލ. ގަން ރީޖަނަލް ހޮސްޕިޓަލް ކައިރިން ދެކުނުން އުތުރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޑިވައިޑާއެއްގައި ޖެހިފައި އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގީ ރޭ 1.20 ހާއިރުގައެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 29 އަހަރުގެ ފިރިހެން މީހާއާއި، 27 އަހަރުގެ އަންހެން މީހާ އަށް އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ، ދެމީހުނަންނަށްވެސް މިހާރު ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމުގައެވެ. މީގެ އިތުރުން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް