ވިލިމާލެއިން އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އިބްރާހިމް ހަލީލް، ނައިންފަރު ތ. ތިމަރަފުށި 41، އެވެ. އޭނާ އިއްޔެ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭ ގޯނބިލި ކެފޭތެރެއިން ރައްޓެއްސަކަށެވެ.
ފުލުހުން މިރޭ ބުނީ ހަލީލްގެ ހަބަރު ވެފައިވާކަމަށް އާއިލާއިން އެ އިދާރާއަށް މައުލޫމާތުދީފައިވާ ކަމަށެވެ. އާއިލާގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ ހަލީލް ހުރީ މާލެ ކައިރީ ރަށެއްގައި ކަން މިހާރު އާއިލާއަށް އަންގާފައިވާ ކަމަށެވެ.
ހަލީލާ ގުޅުން ކެނޑުނީ އޭނާގެ ފޯނު ހަލާކުވެފައި އޮތުމުން ކަމަށް ހަލީލް އާއި ހަވާލާދީ އާއިލާއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް