އައްޑޫސިޓީ ލިންކްރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކު ޒަހަމްވެއްޖެ އެވެ.
އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، އައްޑޫސިޓީ ހިތަދޫ އެމްއެންޔޫގެ ދަރިވަރުން ތިބޭ ދަނާލާއި ދިމާލަށް ލިންކް ރޯޑުން ދެ ސައިކަލް ޖެހިގެންނެވެ.
.މި އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެފައި ކަމަށާއި އޭގެ ތެރެއިން ސައިކަލެއްގައި ކާށި ގޯންޏެއް ހިފައިގެން ދިޔަ މީހެއް ކަމުގައި އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވެ އެވެ.
އެ ނޫހުގައި ބުނެފައިވަނީ އޭނާގެ ކަނދުރާއަށް އަނިޔާވެފައި ވާކަމަށް އެކްސިޑެންޓް ހިނގި ސަރަހައްދުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފައި ކަމަށާއި މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް