އިތުރު އެއާޕޯޓުތަކެއް ހިންގަން މޯލްޑިވިއަން އިން ތައްޔާރުވަނީ

ރާއްޖޭގެ އިތުރު ޑޮމެސްޓިކް ދެ އެއާޕޯޓެއް ހިންގުމާއި ހަވާލުވާން ގައުމީ އެއާލައިން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް ...

14 Apr 2018 | 07:57

ރާއްޖޭގެ އިތުރު ޑޮމެސްޓިކް ދެ އެއާޕޯޓެއް ހިންގުމާއި ހަވާލުވާން ގައުމީ އެއާލައިން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ޕީއެސްއެމްގައި ވިދާޅުވީ ދެ އެއާޕޯޓެއް ހިންގަން އެ ކުންފުނިން ވަރަށް އަވަހަށް ހަވާލުވާނެ ކަމަށެވެ.  އޭނާ ވިދާޅުވީ އެކަން ވަރަށް އަވަހަށް ސަރުކާރުން އިއުލާނު ކުރާނެ ކަމަށެވެ.

މިހާރު އެކަމާ ގުޅޭ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އަމން ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން ދެ އެއާޕޯޓެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

މިހާރު ރާއްޖޭގައި ހަތަރު އެއާޕޯޓެއް ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެއީ ހދ. ކުޅުދުއްފުށި އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓާއި، ނ. މާފަރު އެއާޕޯޓާއި، ގއ. މާވަރުލު އެއާޕޯޓެވެ.

މީގެ ތެރެއިން މާފަރު އެއާޕޯޓަކީ ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރަމުން ގެންދާއިރު އަނެއް ތިން އެއާޕޯޓުގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މޯލްޑިވިއަން އިން ހިންގަން ހަވާލުވާނީ ފުނަދޫ އާއި ކުޅުދުއްފުށީ އެއާޕޯޓާއި ކަމަށް ބެލެވެ އެވެ.

މިހާރުވެސް ރާއްޖޭގައި ހަދާފައިވާ ގިނަ އެއާޕޯޓުތައް ހިންގަނީ މޯލްޑިވިއަން އިންނެވެ. އޭގެ ތެރޭގައި ދަރަވަންދޫ، ކޫއްޑޫ، ތިމަރަފުށި، ކުޑަހުވަދޫ އދި ހަނިމާދޫ އެއާޕޯޓު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް