ރާއްޖެއާއި އައިވަރީ ކޯސްޓާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި

ދިވެހިރާއްޖެ އާއި އެފްރިކާގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި...

14 Apr 2018 | 07:21

ދިވެހިރާއްޖެ އާއި އެފްރިކާގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އދ. އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރާއި އައިވަރީ ކޯސްޓުގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބު ބާނާޑް ޓަނޫހް-ބޫޗޯއާ ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 24 މިލިއަން މީހުން އުޅޭ އައިވަރީ ކޯސްޓާއި ސިޔާސީ ގުޅުން ގާއިމްކުރުމުގެ ކުރިން ރާއްޖެ އާއި ގުޅިގެން މަސައްކަތް ކުރި ގައުމެކެވެ.

ރާއްޖެއިން އައިވަރީ ކޯސްޓާއި އެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައި މިވަނީ އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރުމަށް ކުދި ގައުމުތަކުގެ ތާއީދު ހޯދުމަށް ކެމްޕެއިނެއް ފަށާފައިވާ ދުވަސް ވަރެއްގައި އެވެ. އެ ކެމްޕެއިންގެ ދަށުން މިދިޔަ މަހު ވަނީ ޒެމްބިއާ އާއި އެކުވެސް ސިޔާސީ ގުޅުން ގާއިމްކޮށްފައި އެވެ.

އައިވަރީ ކޯސްޓާއެކު ރާއްޖެއިން މިހާތަނަށް ސިޔާސީ ގުޅުން ގާއިމްކުރި ގައުމުތަކުގެ އަދަދު 167 އަށް އަރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް