ސޯނަމްގެ ކައިވެނި ހަފްލާ އޮތް ގައުމު އެންމެ ފަހުން ހާމަވެއްޖެ

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރުގެ ކައިވެނި އޮތް ގައުމެއް ނޭނގިގެން ސަޕޯޓަރުންނާއި މީޑިއާ އުޅޭތާ ދުވަސް ތަކެއް ވެއްޖެ އެވެ. އަބަދުވެސް އިންޑިއާ ނޫސްތަކުގައި ޖަހަނީ މިއަހަރު ކައިވެނި އޮންނަ ވާހަކަ އާއި ...

14 Apr 2018 | 05:00

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރުގެ ކައިވެނި އޮތް ގައުމެއް ނޭނގިގެން ސަޕޯޓަރުންނާއި މީޑިއާ އުޅޭތާ ދުވަސް ތަކެއް ވެއްޖެ އެވެ.

އަބަދުވެސް އިންޑިއާ ނޫސްތަކުގައި ޖަހަނީ މިއަހަރު ކައިވެނި އޮންނަ ވާހަކަ އާއި އެކަމަށް ސޯނަމްގެ އާއިލާއިން ވަމުންދާ ތައްޔާރީތަކުގެ ވާހަކަ އެވެ. އެކަމަކު ކައިވެނި ކުރާ ގައުމު އަދި ދުވަސް އޮތީ ނޭނގުމެއްގެ ތެރޭގައި އެވެ.

މީގެ ކުރިން ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ ސޯނަމް އާއި އަނަންދު އަހޫޖާގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން 11 އަދި 12 ވަނަ ދުވަހު ސްވިޓްޒަލޭންޑުގެ ޖެނީވާގައި އެވެ. އަނެއްބައި ރިޕޯޓުތަކުގައި ބުނެފައިވަނީ ސޯނަމްގެ ކައިވެނި އޮތީ ޖޫން މަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ކަމަށެވެ.

އެންމެ ފަހުން މިހާރު ހާމަވެ މިވަނީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ. އެކަމަކު މިފަހަރު މީޑިއާގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ކައިވެނީގެ ދައުވަތު ލިބިފައިވާ ސޯނަމްގެ ގާތް މީހެކެވެ.

އެމީހަކު ބުނެފައިވަނީ ސޯނަމް އާއި އަނަންދު ގެ ކައިވެނި އޮތީ މިމަހުގެ 29 ގައި އިންޑިއާގެ މުމްބާއީގައި ކަމަށެވެ. އަދި ވަރަށް އަވަދިނެތި ދެ ފަރާތު އާއިލާއިން ހަފްލާއަށް ތައްޔާރުވަމުންދާ ކަމަށެވެ.

ސޯނަމްގެ ކައިވެންޏާއި ގުޅޭގޮތުން އިންޑިއާ ނޫސްވެރިންނަށް ހަމަ އެއްވެސް އެއްޗެއް ޔަގީންވާ ގޮތެއް ނުވެ އެވެ. އެއީ ސޯނަމް ވަނީ ޒާތީ ދިރިއުޅުމާއި ގުޅޭގޮތުން ކުރާ އެއްވެސް ސުވާލަކަށް ޖަވާބުދޭނީ ކައިވެންޏަށް ފަހު ފިލްމު ކުޅޭނަންތޯ އަންހެން ތަރިންނާއި ކުރާ ސުވާލު ފިރިހެން ތަރިންނާއި ކުރުމުން ކަމަށް ބުނެފަ އެވެ.

އަނަންދު އަހޫޖާ އަކީ ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރި އެކެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް