ކުޅުދުއްފުށީ ބަނދަރު ބޮޑު ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްދުށީ ބަނދަރު ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ...

14 Apr 2018 | 04:30

ހދ. ކުޅުދުއްދުށީ ބަނދަރު ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 180,000.00 ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ އިން ނެވެ. އެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ އެއްގެ ގޮތުގައި 180,000 ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ހަދާ ބަނދަރަކީ ސަރުކާރުން މިހާތަނަށް ހަދާ އެންމެ ބޮޑު ބަނދަރަށް ވެގެންދާނެ ކަމަށާއި ބަނދަރުގައި ފެރީ ގާތްކުރާނެ ޖެޓީތަކާއި ފިހާރަ ބަރިތައް ހެދޭނެ ކަމަށެވެ. އެ ބަނދަރުގެ ދިގު މިނުގައި 1100 ފޫޓު ހުންނާނެ ކަމަށާއި އަަދި ފުޅާ މިނުގައި 500 ފޫޓް ހުންނާނެ އެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައި ވާއިރު އެ ރަށުގެ އެއާޕޯޓު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓު ޖައްސަން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް