ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރިވާސް ވެންޑިން މެޝިން ބަހައްޓަން ނިންމައިފި އެވެ.
މި މަސައްކަތް ކުރަނީ މާލޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އެވެ. އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވެންޑިން މެޝިންތައް ބަހައްޓާ ހަޓުތައް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މައުލޫމާތު ސާފު ކުރުމަށް ފަހު އަންގާރަ ދުވަހުގެ ނިޔަލަށް އަގު ހުށަހަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ ތަނުގައި ބަހައްޓަން އުޅޭ ރިވާސް ވެންޑިން މެޝިނުގެ އަދަދެއް ހާމަކޮށްފަ އެއް ނުވެ އެވެ.
ރިވާސް ވެންޑިން މެޝިނަކީ، ބޭނުންކޮށްފައި ހުންނަ ހުސް ދަޅާއި ހުސް ފުޅި ފަދަ ތަކެތި އެއްކުރުމަށް ހަދާފައި ހުންނަ މެޝިނެކެވެ. ބައެއް ގައުމުތަކުގައި އެ މެޝިނަށް ފުޅި ނުވަތަ ދަޅު ލުމުން ވަކި ވަރަކަށް ލާރި ލިބެ އެވެ.
މިއީ ރާއްޖޭގައި މިފަދަ މެޝިނެއް ބަހައްޓާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް