އިޓަލީން މުޅި ދުނިޔެއަށް ތައާރަފުވި ޕާސްތާ އަކީ ވަރަށް ގިނަ ގައުމުތަކުގައި މަގުބޫލު ކެއުމެކެވެ. އެކަމަކު އެ މަގުބޫލުކަން ގެއްލުނީ ޕާސްތާއަކީ ހަށިގަނޑުގައި ސަރުބީ ޖަހާ، ހަށިގަނޑު ބަރު ކޮށްދޭ އެއްޗެއް ކަމަށް ބައެއް ދިރާސާތައް ކުރުމަށް ފަހު ހާމަ ކުރުމުންނެވެ.
އެ ދިރާސާތަކުގެ ނަތީޖާ ބޭނުންކޮށްގެން މިފަހަރު ކެނަޑާގައި ހެދި ދިރާސާއިން އެނގުނު ގޮތުގައި ޕާސްތާ ކައިގެން ހަށިގަނޑަށް ގެއްލުން ލިބެނީ ޕާސްތާ ކައްކާއިރު އަޅާ އެއްޗެހީގެ ސަބަބުންނެވެ. އާންމުކޮށް ޕާސްތާ މީހުން ކައި އުޅެނީ ރެސްޓޯރަންޓުތަކަށް ގޮހެވެ.
ކެނަޑާގައި 2،500 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާ އާއި ގުޅޭގޮތުން ޖާނަލަ ބީއެމްޖޭގައި ބުނެފައިވަނީ ޕާސްތާ ކެއުމުން ފަލަވެ، ހަށިގަނޑަށް ގެއްލުން ލިބެނީ ޕާސްތާ ކައްކާއިރު ރެސްޓޯރަންޓުތަކުން މީރު ކުރުމުގެ ނަމުގައި އަޅާ އެއްޗެހިން ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ޗީޒް އާއި، ސޯސް ހިމެނެ އެވެ
އެ ދިރާސާގައި ބުނެފައިވަނީ ޕާސްތާ އަކީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވޭ ކާއެއްޗަކަށް ވާއިރު އޭގެން މީހާ ފަލަވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ދިރާސާގައި ބުނެފައިވަނީ ހަށިގަނޑަށް ފައިދާ ހުރި ކާނާ އާއި އެކު ހަފްތާ އަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ޕާސްތާ ކާނަމަ ބަރުދަން ލުއިކޮށްދޭނެ ކަމަށެވެ.
ތަފާތު ޗީޒް އާއި ސޯސްތަކުގެ ބަލަުގައި ޕާސްތާ ކައްކާއިރު އެއްކުރަންވީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ތަރުކާރީ އާއި ޕްރޮޓީން އިން މުއްސަނދިވެފައިވާ ކާއެއްޗިއްސެވެ.
މި ދިރާސާ އާއި އިންޑިއާގެ ބައެއް ނިއުޓްރީޝަނުން ދެކޮޅު ހެދިކަމަށްވެ އެވެ. އެކަމަކު އެމީހުންވެސް އެއްބަސްވެފައިވާގޮތުގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ކާއެއްޗެގައި އެކުލެވޭނެމަ އެ އެއްޗަކުން ހަށިގަނޑުގެ ބަރުދަން ލުއި ކޮށްދޭކަ މެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް