ވިލިމާލޭގައި މިއަދު ހުކުރު ނަމާދަށް ދިޔަ ފަހުން ގެއްލުނު މީހަކު ހޯދަން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ތ ތިމަރަފުށީ ނައިންފަރު އިބްރާހިމް ހަލީލެވެ. އުމުރުން 41 އަހަރުގެ އިބްރާހިމް ހަލީލު ހޯދަން ފަށާފައިވަނީ ހުކުރަށް ދިޔަ ފަހުން ހަބަރެއް ނުވުމުންނެވެ.
ހަލީލްގެ އާއިލާ މެމްބަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަލީލު އެންމެ ފަހުން ފެނުނީ އޭނާގެ ރައްޓެއްސަކަށް ކަމަށާއި ފެނުނީ ވިލިމާލޭ ގޯނބިލި ކެފޭ ތެރެއިން ކަމަށެވެ
ހަލީލްގެ އާއިލާއިން ބުނެފައިވާގޮތުގައި މިއަދު އޭނާ ލައިގެން ހުރީ ގަދަނޫ ކުލައިގެ ގަމީހަކާއި ގަދަ މުށި ކުލައިގެ ފަޓުލޫނެކެވެ. ފޯނާއި ޕަވަރބޭންކް ފިޔަވައި އެހެން ހުރިހާއެއްޗެއް ގޭގައި އެބަހުރި ކަމަށާއި ގެއްލުނު އިރު ހަލީލުގެ ސިއްހީ ހާލަތު ރަނގަޅު ކަމުގައިވެސް އާއިލާއިން ބުނެފައި ވެ އެވެ.
އޭނާ ހޯދުމަށް އާއިލާގެ މެމްބަރުން ކުރި މަސައްކަތް ކާމިޔާބު ނުވުމުން މިރޭ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާނެ ކަމުގައި އާއިލާއިންބުނެ އެވެ. ނަމަވެސް މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ޚަލީލުގެ ފޯނު ވަނީ ނިއްވާލާފައި ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އަދި އޭނާ ހޯދުމަށް އާއިލާ އިން ކުރި މަސައްކަތް ކާމިޔާބުނުވުމުން އެ މައްސަލަ މިރޭ 10:00 ގައި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އާއިލާ އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް