އީރާނާ ދެކޮޅު ހަނގުރާމައިގެ ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޓްރަމްޕް ދެކޮޅު ހަދައިފި

މެދުއިރުމަތީގެ ބައެއް ޤައުމުތަކުން، އެމެރިކާ-އިޒްރޭލު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް މަޝްވަރާތައް ފެށުމަށް ކުރި މަސައްކަތް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތުމަށް ދެކޮޅުހަދައ...

14 Mar 2026 | 18:15
N/A

N/A

މެދުއިރުމަތީގެ ބައެއް ޤައުމުތަކުން، އެމެރިކާ-އިޒްރޭލު

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް މަޝްވަރާތައް ފެށުމަށް ކުރި މަސައްކަތް،

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތުމަށް ދެކޮޅުހަދައިފި ކަމަށް ރޮއިޓާސް

އިން ރިޕޯޓުކޮށްފިއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިޓް ހައުސްގެ

އިސް އޮފިޝަލަކު ވަނީ ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ލިބިފައިވާ ހުށަހެޅުންތައް

ޓްރަމްޕް ބަލައިނުގަތް ކަން ކަށަވަރުކޮށްދީފައެވެ. އެ އޮފިޝަލު ބުނީ ތެހެރާނުގެ އަސްކަރީ

ގާބިލުކަން އިތުރަށް ބަލިކަށިކުރުމަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓްރަމްޕް ސާބިތުވެ

ހުރި ކަމަށެވެ.

"މި ވަގުތު އެކަމަށް ޝައުގުވެރިކަމެއް ނެތް، އަދި

އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ" ކަމަށް އެ އޮފިޝަލު ބުންޏެވެ.

ދެ ވަނަ އޮފިޝަލަކު ރޮއިޓާސް އަށް ބުނީ، އީރާނުގެ އާ

ލީޑާޝިޕުން މަޝްވަރާކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށާއި، ނަމަވެސް

މި ވަގުތު "އޮޕަރޭޝަން އެޕިކް ފިއުރީ" ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.

އީރާނުން ވެސް ވަނީ، އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް

ހުއްޓާނުލާހާ ހިނދަކު ސުލްޙައިގެ ވާހަކަ ދެއްކުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

ރޮއިޓާސް އާ ވާހަކަ ދެއްކި އީރާނުގެ އިސް ދެ ފަރާތަކުން ބުނީ ތަފާތު ޤައުމުތަކުން ހަނގުރާމަ

ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތްކުރި ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ ސެކިއުރިޓީ އެންމެ އިސް ވެރިޔާ

ޢަލީ ލާރީޖާނީ އާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޣްޗީ، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ

ވޭންސް އާ ގުޅޭ ސުލްޙައިގެ މަޝްވަރާތައް ޢޫމާނު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް

މަސައްކަތްކުރި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެ މަޝްވަރާތައް ކުރިއެރުމެއް

ނެތި ވަނީ ހުއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް