ރާއްޖޭގެ ހުރިހާ ޔުނިވާސިޓި، ކޮލެޖު އަދި ތަމްރީންދޭ މަރުކަޒުތައް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ޔުނިވާސިޓީ، ކޮލެޖު އަދި ތަމްރީންދޭ ތަންތަން ބަންދު ކުރުމަށް އަންގާކަމަށެވެ. މިގޮތަށް އެންގީ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.
މިއަދު އެޗްޕީއޭއިން ވަނީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މުހިންމު ބޮޑެތި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ގެސްޓު ހައުސްއަކަށް ބޭރުގެ ފަތުރުވެރިން ގެނައުން ވަނީ މަނާކޮށްފައި އެވެ.
މިހާތަނަށް ކޮރޮނާ ވައިރަސް ޖެހިފައިވާ10 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އަދި ޝައްކު ކުރެވޭ ޓޫރިސްޓުން ތިބި ރިސޯޓުތައް ދަނީ މޮނިޓަރިންއަށް ލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް