ދުއްވާފައިދިޔަ ސައިކަލެއްގައި އަލިފާން ރޯވެ އެކަން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު އިރުއޮއްސި 06:40 ހާއިރު ތާޖުއްދީން ސްކޫލު ކައިރިން ދުއްވާފައިދިޔަ ސައިކަލެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އިތުރަށް ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާލާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް