ވަރަށް އަވަހަށް އިންޓަނެޓްގެ އަގު ހެޔޮވެގެން ދާނެ: އަލީ ސޯލިހް

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޓަނެޓްގެ އަގު ހެޔޮ ވެގެންދާނެކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ. އަލީ ސޯލިހު ވިދ...

14 Mar 2019 | 07:50

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޓަނެޓްގެ އަގު ހެޔޮ ވެގެންދާނެކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ހެޔޮ ހަބަރެއް ރައްޔިތުންނަށް ލިބޭނެކަމަށެވެ. އަދި މިނިސްޓްރީން ވަނީ ސާވިސް ޕްރޮވައިޑާސްތަކާއި، އަދި އެކަމާއި ގުޅުން ހުރި އެހެން ފަރާތްތަކާއި އެކު އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ކާމިޔާބު މަޝްވާރާތަކެއް ކޮށްފައިވާކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރަން ކުރެވޭ މަސައްކަތްތަކަކީ ކުޑަ މަސައްކަތެއް ނޫންކަމަށް އިޝާރާތް ކުރައްވަމުން އަލީ ސޯލިހު އިތުރަށް ވިދާޅުވީ، ކޮމިއުނިކޭޝަން މިނިސްޓަރު އެކަން ކުރިއަށް ގެންދިއުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އަދި އިންޓަނެޓުގެ އަގު ކުޑަ ކުރެވޭނެ ވަކި ތާރީހެއް ނެތް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް