އަލްހާން އޭސީސީއަށް ހާޒިރުކުރަން އަންގައިފި

މުބާރާތެއް ބޭއްވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޖޭޕީގެ ކެންޑިޑޭޓް، އަލްހާން ފަހުމީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އ...

14 Mar 2019 | 07:26

މުބާރާތެއް ބޭއްވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޖޭޕީގެ ކެންޑިޑޭޓް، އަލްހާން ފަހުމީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

އަލްހާނަށް އޭސީސީން ފޮނުވި ޗިޓުގައި ވަނީ، އަލްހާން އޭސީސީ އަށް ހާޒިރު ކުރަނީ ޤާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި، ބޮޑެތި ފައިސާގެ އިނާމުތައް ދީފައިވާ މައްސަލައިގެ ތަހްގީގަށް ކަމަށެވެ.

އަލްހާން ވަނީ ކެމްޕޭން ހަރާކާތެއްގެ ގޮތުގައި ސްޓްރީޓް ސޮކާ ކަޕެއް ބާއްވައިފައެވެ. އަދި އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 25000 ރުފިޔާ ދީފައެވެ.

އަލްހާން އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ގަޑިއަކީ މިއަދު މެންދުރު 15:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް