އެސްޓީއޯގެ ކާޑު އެޖެންޓުން ހޯދަން އިއުލާނުކޮށްފި

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުގައި ކާޑުގެ ބާވަތްތައް ވިއްކާދޭނެ، 87 ރަށަކުން އެޖެންޓުން ހޯދަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއްޔެ އިއުލާން ކޮށްފިއެވެ. އެސްޓީއޯއިން ކޮށ...

14 Mar 2019 | 07:05

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުގައި ކާޑުގެ ބާވަތްތައް ވިއްކާދޭނެ، 87 ރަށަކުން އެޖެންޓުން ހޯދަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއްޔެ އިއުލާން ކޮށްފިއެވެ.

އެސްޓީއޯއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ކާޑުގެ ބާވަތްތައް މާލެއާ އެއް އަގެއްގައި އަތޮޅުތަކުގައި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހު 18 ވަނަ ދުވަހުގެ ކުރިން އެރަށެއްގެ އެސްޓީއޯ ގެ ފާމަސީއަށް ވަޑައިގެން ރަޖިސްޓްރީ ކުރުމަށެވެ. އަދި ރަޖިސްޓްރީ ކުރަން ބޭނުންވާ ބީލާން ކަރުދާސް އެރަށެއްގެ އެސްޓީއޯ ފާމަސީން ލިބެން ހުންނާނެ ކަމަށް މި އިއުލާނުގައި ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ބީލާން ކަރުދާސް، އެސްޓީއޯ ހެޑް އޮފީސް އާއި، އެސްޓީއޯ ސްޓޭޓްޕްލަސް ފުޑްސް އިންނާއި، އެސްޓީއޯ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް މި އިއުލާނުގައި ވެއެވެ.

އެސްޓީއޯ ވެބްސައިޓުގައި ކުރި އިއުލާނުގައި ވަނީ އެޖެންޓުން ބޭނުންވާ 87  ރަށުގެ މައުލޫމާތު ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް