ސަޓާ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލައިފިއެވެ. ދެކުނު އޭޝިއާގެ ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ސަޓާ އެވޯޑަކީ، ރާއްޖޭގެ ހަ...

14 Mar 2019 | 06:06

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލައިފިއެވެ.

ދެކުނު އޭޝިއާގެ ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ސަޓާ އެވޯޑަކީ، ރާއްޖޭގެ ހައިރައިޒް ކުންފުނިން ކޮންމެ އަހަރަކު ދެކުނު އޭޝިއާ އަށް ހުޅުވައިލައިގެން ބާއްވާ އެވޯޑެކެވެ. މި އެވޯޑު މިއަހަރު ސްރީލަންކާގެ ނިގަންބޯގައި ބާއްވަން ހަމަޖެހިފައިވާއިރު، ކުރިން މި އެވޯޑު ބާއްވައިފައި ވަނީ ލަންކާގެ މައުންޓްލެވީނިއާގެ އިތުރުން، އިންޑިއާގެ މުންބާއި އަދި އައްޑު އަތޮޅުގައެވެ.

މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަރު އެޕްރިލް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އޮތް އިރު، މި އެ ވޯޑަށް ނޯމިނޭޝަން ފޮނުވޭނީ ސަޓާގެ ވެބްސައިޓުންނެވެ.

ސަޓާ އެވޯޑުގައި 37 ކެޓަގަރީއިން 10 ސެގްމެންޓަކުން ދެއެވެ. މި އެވޯޑު ކޮންމެ އަހަރަކުވެސް ރާއްޖޭއަށް ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް