ޝިމާ ގެއްލުނު ހާދިސާގައި ޝިމާ އާއި އެކީ ޑިންގީގައި ދަތުރު ކުރި ފަޒީލަކީ، އެތައް ދައުވާއެއް އުފުލައި، ޝަރީއަތް ކުރިއަށް ދާކަން ހާމަވެއްޖެއެވެ.
ފަޒީލްގެ މައްޗަށް 2011 ވަނަ އަހަރު ވަނީ، ޕީޖީން ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކުށުގެ ދައުވާ އުފުލާފައެވެ. އަދި 2012 ވަނަ އަހަރު ވައްކަމުގެ ތުހުމަތު ތަކެއް ވެސް ވަނީ ފަޒީލްގެ މައްޗަށް ކޮށްފައެވެ. ފަޒީލްގެ މައްޗަށް 2016 ވަނަ އަހަރުވެސް ވަނީ ވައްކަން ކުރިކަމުގެ ދައުވާއެއް އުފުލައިފިއެވެ.
މާރާމާރީގެ މައްސަލައެއްގައި ކުރިން ވެސް ހައްޔަރުކުރި ފަޒީލުގެ މައްސަލަތައް ބަލަމުން އަންނަނީ ގަމު މެޖިސްޓްރޭޓް ކޯޓުންނެވެ. މީގެ އިތުރުންވެސް، ގައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވެ އަމާންކަން ނަގާލުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.
ގެއްލުނު ޝިމާގެ ކޮއްކޮ ގޮވައިގެން މޫނު ނިވާކޮށްގެން ފިލަން އުޅުނު މީހުންގެ ތެރޭގައި ފަޒީލު ހިމެނެއެވެ. އަދި މިމައްސަލައިގައި ފަޒީލް ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް، ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް