ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭގެ ވަގުތެއްގައި ލަންކާއަށް ވަޑައިގަނެފިއެވެ.
ރައީސް ނަޝީދުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކެރެފާ ނަސީމް އާއި، އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް އާއި، އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ.
https://twitter.com/MDPSecretariat/status/1106045513806241794
އެ ބޭފުޅުން މިއަދު ވަނީ ސްރީލަންކާގައި ބާއްވާ އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން މީޓިންގައި ބައިވެރިވެވަޑައިގަނެފައެވެ. މައުލޫމާތު ލިބޭގޮތުން މި ދަތުރުފުޅުގައި، ކުރިޔަށް އޮތް މަޖިލިސް އިންތިހާބަރަށް ލަންކާގައި ކެމްޕެއިން ކުރަންވެސް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިރޭ ލަންކާގައި އެމްޑީޕީ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް ދުވަހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް