ހިއްސާއަކަށް 22 ރުފިޔާ ބަހަން ބީއެމްއެލް ބޯޑުން ފާސްކޮށްފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 22 ރުފިޔާ ބަހަށް އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ. ބީއެމްއެލްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަ...

14 Mar 2018 | 15:49

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 22 ރުފިޔާ ބަހަށް އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު އެ ބޭންކަން ލިބުނު ފައިދާއިން ހިއްސާދާރުންނަށް ޖުމްލަ 118.4 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރު ބެހި ހިއްސާގެ ފައިސާގެ 10 ޕަސެންޓު އިތުރު އަދަދެކެވެ.

މި ފައިސާ ބަހާނެ ތާރީހެއް އަދި ބީއެމްއެލްއިން އަދި ހާމައެއް ނުކުރެ އެވެ. މިދިޔަ އަހަރު އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ހިއްސާއަކަށް 20 ރުފިޔާ ބަހާފައިވެ އެވެ. އެއީ ބޭންކަށް ލިބުނު އާމްދަނީގެ ތެރެއިން 107.6 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް