އެއް މިލިޔަން ޑޮލަރާ ގުޅުވައި ނިހާން ދެއްކެވި ވާހަކަފުޅު އޭސީސީ މެމްބަރަކު ދޮގު ކުރައްވައިފި

ރައީސްގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ކަމަށްބުނާ އެއް މިލިޔަން ޑޮލަރު ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސެއިން މަނިކު ވިދާޅުވުމ...

14 Mar 2018 | 15:07

ރައީސްގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ކަމަށްބުނާ އެއް މިލިޔަން ޑޮލަރު ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސެއިން މަނިކު ވިދާޅުވުމާއެކު އޭސީސީގެ މެމްބަރަކު އެކަން ދޮގު ކުރައްވައިފި އެވެ.

ރާއްޖޭގެ ބޮޑު ދެ މީޑިއާއެއްގައި، ނަން ނުޖެހުމަށް ޝަރުތުކޮށް އެ މެމްބަރު ވިދާޅުވެފައިވަނީ އެ ފައިސާ ދުވަހަކުވެސް އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ  އެއް މިލިޔަން ޑޮލަރަކީ އެސްއޯއެފް ލާރި ކަމެއް ނުވަތަ ނޫންކަމެއް އޭސީސީން ސުވާލު ކުރުމާ ހަމައަށް ރައީސް ޔާމީނަށް އެނގި ނުލައްވާ ކަމަށެވެ.

"އެ ވަގުތުން ފެށިގެން ރައީސް ޔާމީން އެއޮތީ އެ އެއް މިލިޔަން ޑޮލަރު އެއީ އެމްއެމްޕީއާރުސީގެ ލާރިކަން ކަނޑައެޅެންދެން އަތް ނުލެވޭގޮތަށް ބަހައްޓާފަ" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގަ ބަރާބަރަށް ބަހައްޓާފައި އެބަ ހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް