ގާނޫނީ ވަކީލު ހިސާން ހުސެއިން ދޫނިދޫގައި އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވި އިރު ގޮނޑިދަށުގައި ރެކޯޑަރެއް އޮތްކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ދެންމެ ނެރެނު ނޫސްބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދޫނިދޫގައި ފުލުހުންގެ ބަންދުގައިވާ ފަރާތަކާއި ގާނޫނީ ވަކީލެއް ބައްދަލުކުރެއްވިއިރު ބައްދަލުވުން ބޭއްވިތަނުން ރެކޮޑިން ޑިވައިސް އެއް ފެނުނުކަމަށްބުނެ ގާނޫނީ ވަކީލެއްވަނީ ޝަކުވާ ހުށަހަޅުއްވާފައި ކަމަށާއި މި ޝަކުވާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
"ވީމާ، މިކަން ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދައްނަވަން" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުންގެ ބަޔާނުގައި މިހެން ބުނެފައިވާއިރު ފުލުހުންނާއި މީޑިއާތަކާއެކު ހަދާފައިވާ މީޑިއާ ގްރޫޕްގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެފައިވަނީ އެ ވާހަކައަކީ ފުލުހުންގެ އަގުވައްޓާލަން ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް