މަޖިލީހުގެ ޖަލްސާއެއް މިއަދު 04:30 ގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު 04:30 އަށް އެޖެންޑާ ކޮށްފި އެވެ. އެޖެންޑާ ކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ އެވެ. މި ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ މޯލްޑިވްސ...

14 Mar 2018 | 11:11

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު 04:30 އަށް އެޖެންޑާ ކޮށްފި އެވެ.

އެޖެންޑާ ކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ އެވެ.

މި ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްކަތާބެހޭ ކޮމެޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުމެވެ.

އަދި ވޯޓަށް އަހާ ހިސާބަށް ކަމެއް ގޮސްފައިވާނަމަ ވޯޓަށް އެހުންވެސް އެޖެންޑާ ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް