ގޮނޑިދަށުން ރެކޯޑަރެއް ފެނުނު ކަމަށްބުނެ ހިސާން ހަދަނީ ދޮގު: ފުލުހުން

ގޮނޑި ދަށުން ރެކޯޑަރެއް ފެނުނު ކަމަށް ގާނޫނީ ވަކީލު ހިސާން ހުސެއިން ބުނެފައިވާއިރު ފުލުހުން އެކަން ދޮގުކޮށްފި އެވެ. ހިސާން ބުނެފައިވަނީ ދޫނިދޫގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރެއްވި އި...

14 Mar 2018 | 10:46

ގޮނޑި ދަށުން ރެކޯޑަރެއް ފެނުނު ކަމަށް ގާނޫނީ ވަކީލު ހިސާން ހުސެއިން ބުނެފައިވާއިރު ފުލުހުން އެކަން ދޮގުކޮށްފި އެވެ.

ހިސާން ބުނެފައިވަނީ ދޫނިދޫގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރެއްވި އިރު، ހިސާން އިށީނދެ އިން ގޮނޑިދަށުން ރަތް ކުލައިގެ ޓޭޕް ރިކޯޑަރެއް ފެނިފައިވާކަމަށެވެ.

މިކަން ދޮގު ކުރައްވާ ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބަންދުގައިވާ ފަރާތަކާއި ގާނޫނީ ވަކީލެއް ބައްދަލުކުރެއްވި އިރު، ބައްދަލުވުން ބޭއްވުނު ތަނުން ރެކޯޑިން ޑިވައިސް އެއް ފެނުނު ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކައަކީ ފުލުހުން ބަދުނާމު ކުރުމުގެ ނިޔަތުގައި ދެއްކެވި އަދި ދައްކަވަމުން ގެންދާ ވާހަކައެއް ކަމަށެވެ.

"އެ ޝަކުވާ ލިބުމާ ގުޅިގެން ފުލުހުން މިދަނީ އެކަން ބަލަމުން، ވަކީލުންނާއި ބަންދުގައިވާ ފަރާތްތައް ބައްދަލުކުރުމަށް ހަމަޖައްސާފައިވާ ތަނަކީ އެކަހެރި އަދި މިނިވަންކަމާއެކު ބައްދަލު ވެވޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސިފައިވާ ތަނެއް" ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

https://twitter.com/hisaanhussain/status/973863540388855808

ހިސާން ވިދާޅުވެފައިވާގޮތުގައި ފެނުނު ޓޭޕް ރެކޯޑަރު އެހެން ވަކީލުންނަށްވެސް ވާނީ ދައްކާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް