ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ދެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ގެޒެޓު ކުރައްވައިފި އެވެ.
މި ދެ ބިލު ގެޒެޓު ކުރައްވާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ގެޒެޓު ކުރުމާއެކު އެންޓި ޑިފެކްޝަން ބިލު ގާނޫނަކަށް ބަދަލު ވެ އެވެ. ގާނޫނުތައް ގެޒެޓު ކުރައްވަނީ ތަސްދީގު ކުރެއްވުމަށްފަހުގައި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު ތަސްދީގު ކުރެއްވުމާއެކު 12 މެމްބަރުންގެ ގޮނޑި ގެއްލުނީ އެވެ.
މި ދެ ބިލަކީ އިންތިހާބުވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ފަރުމާ ކޮށްފައިވާ އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މި ދެ ބިލުގެ ތެރެއިން އެންޓި ޑިފެކްޝަން ބިލަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅުއްވި ބިލެކެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލެކެވެ.
މި ދެ ބިލުވެސް މަޖިލީހުގެ ތަޅުމުން އިއްޔެ ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް