އަސްލަމް އާއި އެކު ބްރޯޑްކޮމް އަށް ކުރިމަތިލެއްވީ ފަސް ބޭފުޅުން

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ފަސް ބޭފުޅަކު ކުރިމަތި ލައްވައިފި އެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު...

14 Mar 2018 | 07:20

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ފަސް ބޭފުޅަކު ކުރިމަތި ލައްވައިފި އެވެ.

އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ. ފުރުސަތު ހުޅުވާލުމުން ކުރިމަތި ލައްވާފައިވަނީ އަސްލަމް އާއި އެކު ފަސް ބޭފުޅެކެވެ.

އެއީ މިހާރުގެ ނައިބު ރައީސް މުހައްމަދު އަސްލަމް އާލިއާ، ހއ. ދިއްދޫ، ވީޓީވީގެ ކުރީގެ އިންޖިނިއަރިން ހެޑް މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ، މަޖުދު ރަޝީދު އޮޓާގޯ، ނ. މަނަދޫ، އަމްޖަދު ވަހީދު ވިލާދިސޯސަން، ގއ. ވިލިނގިލި އަދި މުހައްމަދު ސައުޒަމް ކީސްވިލާ، ރ. އިނގުރައިދޫ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ  ޖަލްސާއަށް އެ ފަސް ބޭފުޅުންގެ ނަން ފޮނުއްވާ އޭގެ ތެރެއިން ބޭފުޅަކު އައްޔަން ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެ މައްސަލަ މިއަދުގެ މަޖިލީހުން ވަނީ އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބަވަނީ އަސްލަމްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މެމްބަރު ޒީނާ ޒާހިރު، ހަސަން ނަބާހު، އައިމިނަތު ސަރާހަތު، ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް