16 މުޒާހަރާއަށް ބައިވެރިން އުފުލާ މަސްދޯނިތަކަށް 16 ވަނަ މާއްދާގެ ދަށުން އިންޒާރު ދީފި

ބޮޑު 16 މުޒާހަރާއަށް މީހުން އުފުލާ މަސް ދޯނިތަކުގެ ލައިސަންސް 16 ވަނަ މާއްދާގެ ދަށުން އަތުލާނެ ކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ދީފި އެވެ. މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލައި...

14 Mar 2018 | 06:38

ބޮޑު 16 މުޒާހަރާއަށް މީހުން އުފުލާ މަސް ދޯނިތަކުގެ ލައިސަންސް 16 ވަނަ މާއްދާގެ ދަށުން އަތުލާނެ ކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ދީފި އެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލައިސަންސް ދިނުމާބެހޭ ގަވާޢިދުގެ ދަށުން ލައިސަންސް ލިބިގެން މަސްވެރިކަން ކުރަމުންދާ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުން ތަކުގައި އަދި ޣައިރު ޤާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކޮށްފައިވާކަމާއި، ކުރަމުންދާކަމާއި އަދި ކުރުމަށް  ތައްޔާރު ވަމުންދާކަމުގެ މަޢުލޫމާތު  މިނިސްޓްރީއަށް ވަނީ ލިބިފައި ކަމަށެވެ.

އިސްވެ ދެންނެވުނު ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛

[މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ޙަރަކާތްތެރިވާ މުވައްޒަފަކު، އޭޖެންޓަކު ނުވަތަ އެހެން މީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ].

މިނިސްޓްރީން ބުނެފައިވަނީ އެހެންކަމުން މިފަދަ ޣައިރު ޤާނޫނީ ޙަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި އެންމެހާ އޮޑިވެރިންނާއި މަސްވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށާއި އަދި މިފަދަ ޙަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައި ވާނަމަ، މަސްވެރިކަން ކުރުމަށް މި މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް، އެފަދަ އުޅަނދުފަހަރާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް