ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅޭގޮތުން މާދަމާ އޮންނަ ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުގައި ބަހުސްކޮށް ގަރާރެއް ފާސްކުރަން އެޖެންޑާ ކޮށްފި އެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި ބާއްވާ މި ބައްދަލުވުމުގައި އީޔޫ އަށް ހުށަހަޅާ ގަރާރު ސްޕޮންސާކޮށްފައި ވަނީ ހަތް ގައުމެއްގެ ޕާލަމެންޓްރީ ގްރޫޕަކުންނެވެ. ރާއްޖެއާ ބެހޭ ގަރާރަށް ބަހުސް ކުރާނީ މާދަމާ މެންދުރުފަހު 2.30 އިން ހަވީރު 4.30 އަށެވެ.
ރާއްޖޭގެ މައްސަލައިގަ ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ކުރި ހުކުމް ތަންފީޒު ކުރުމާއި ގުޅޭގޮތުންނާއި، ނޫސްވެރިންނަށް މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ރައްޔިތުންގެ މަޖިލީސް މިނިވަން ކުރުމެވެ.
ރާއްޖޭގެ ހާލަތު މިގޮތަށް ދަންމާނަމަ ވަކިވަކި ބޭފުޅުންނާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުތަކުން ދިނެވެ. ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ހިމެނޭ 41 ގައުމަކުން ވަނީ ރާއްޖޭގައި އިއުލާނު ކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް ގޮވާލާފައި އެވެ.
އެކަމަކު ސަރުކާރުން ބުނެފައިވަނީ އެއީ އިނގިރޭސިވިލާތް އިސްކޮށް ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އެކަމާ ސަރުކާރުން ކަންބޮޑު ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް