ހަވީރު ގަދަޔަށް ސައި ބުއިމަކީ ރަނގަޅު ކަމެއް ނޫން!

ކޮންމެ ދުވަހެއްގެ ހަވީރު ވުމުން ހުރިހާ އުމުރެއްގެ މީހުންވެސް ހެދިކާ އާއި އެކު ގަދަޔަށް ސައި ބުއިމަކީ ކޮންމެ ދުވަހަކުހެން ކުރާ ކަމެކެވެ. އެކަމަކު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާ ވަރުގަދައަށް ...

14 Mar 2018 | 06:14

ކޮންމެ ދުވަހެއްގެ ހަވީރު ވުމުން ހުރިހާ އުމުރެއްގެ މީހުންވެސް ހެދިކާ އާއި އެކު ގަދަޔަށް ސައި ބުއިމަކީ ކޮންމެ ދުވަހަކުހެން ކުރާ ކަމެކެވެ.

އެކަމަކު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާ ވަރުގަދައަށް ހަވީރު ހެދިކާ އާއި އެކު ސައި ބުއިމަކީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އާންމުކޮށް ހެދިކާ ހަދާފައި ހުންނަނީ ހަކުރާއި ޓޮމާޓޯ އަދި މިރުސް އަދި ތެޔޮ ހިމަނައިގެންނެވެ.

ހަވީރު ހެދިކާ އާއި އެކު ވަރުގަދައަށް ސައި ބުއިމުން ލިބޭ ބައެއް ގެއްލުންތައް:

ރޭގަނޑުގެ ކެއުން ލަސްކުރުން:

ހަވީރު ސައި ބޮވިއްޖެ ނަމަ އާންމުކޮށް ރޭގަނޑު މީހުން ކަނީ ވަރަށް ލަހުންނެވެ. ހަވީރު ސައިބޯ މީހުންނަށް އިހުސާސް ވާނީ ބަނޑު އަބަދުވެސް ފުރިފަ ހުންނަ ހެންނެވެ. އެއީ ހެދިކާގައި ހުންނަ ތެލާއި، ފުށުގެ އިތުރުން ހެދިކާ ހެދުމުގައި ބޭނުން ކުރާ ޓޮމާޓޯ ފަދަ އެއްޗެހި ހަޖަމުވާން ގިނަ އިރު ވާތީ އެވެ.

އަނެއްކޮޅުން ގަޑިން ގަޑިއަށް ކެއުން ދޫކޮށްލުމުން ބޮޑެތި ސިއްހީ މައްސަލަތައް ދިމާވާނެ އެވެ.

ސިއްހީ މައްސަލަތައް އިތުރުވުން:

އާންމުކޮށް ހެދިކާ ހަދާފައި ހުންނަނީ ކާބޯހައިޑްރޭޓްސާއި ހަކުރު ތެޔޮ އެކުލެވޭ އެއްޗެހިންނެވެ. އޭގެ ސަބަބުން ހިތުގެ މައްސަލަތަކާއި ލޭ މައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މަތިވުމުގެ އިތުރުން ފަލަވުމަށް މަގުފަހިވެ އެވެ.

ފަލަވުން:

އާންމުކޮށް ހަވީރު ހެދިކާ ލައިގެން ސައި ބޯނަމަ ފަލަވުމަށް މަގުފަހިވެ އެވެ. ފަލަވުމުން މަތީގައި އެވާ ބަލިތަކަށް މަގުފަހި ވުމުގެ އިތުރުން އެސްމާ ޖެހުމުގެ ފުރުސަތު ބޮޑުވެ ނިދުމުގެ މައްސަލަތައް ދިމާވާނެ އެވެ.

ދަތްތައް ހަލާކުވުން:

އާންމުކޮށް ދަތް އުނގުޅަނީ ދަތްތައް ސާފުކޮށް އަނގައިގެން ވަސް ކަނޑުވާށެވެ. އެކަމަކު އަބަދު ކާނަމަ ދަތްތައް ހަލާކު ވުމުގެ ފުރުސަތު ބޮޑެވެ. އަދި ބެކްޓީރިއާ އުފެދުމުގެ ފުރުސަތުވެސް ބޮޑުވެ އެވެ. ބެކްޓީރިއާ އެންމެ އަވަހަށް އުފެދޭ އެއްޗެހީގެ ތެރޭގައި ކާބޯހައިޑްރޭޓްސް އެކުލެވޭ ކާއެއްޗެހި ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް