ފިޒިސިސްޓް ސްޓެފަން ހޯކިން އަވަހާރަވެއްޖެ އެވެ.
އޭނާ މަރުވި އިރު އުމުރަކީ 76 އަހަރެވެ. ސްޓެފަން މަރުވިކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިނގިރޭސިވިލާތަށް އުފަން ސްޓެފަން އަކީ ތިއޮރެޓިކަލް ފިޒިސްޓެއްގެ އިތުރުން ކޮސްމޮލަޖިސްޓެކެވެ. ޒުވާން ދުވަސްވަރު އުމުރުން އެނެމް 21 އަހަރުގައި ޖެހުނު ބައްޔެއްގެ ސަބަބުން އުމުރުގެ ބޮޑު ބައި އޭނާ ހޭދަ ކުރެއްވީ ފުރޮޅަލީ ގޮނޑީގައި އެވެ.
އޭނާ އަކީ މި ފަހުގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފިޒިސްޓެވެ. ހޯކިން އަކީ، ގިނަ ސައިންސްވެރިން އެއްބަސްވާ ގޮތުގައި، އަލްބަޓް އެއިންސްޓެއިން އަށް ފަހު ދުނިޔެ ދުށް އެންމެ ވިސްނުން ތޫނު އެއް ސައިންސްވެރިޔާ އެވެ.
ގޮނޑީގައި އިނދެގެން އޭނާ ވަނީ ފިޒިކްސް އާއި ހިސާބު އިލްމުން ގިނަ ދިރާސާތަކެއް ކޮށް ކާމިޔާބު ހޯދާފައި އެވެ.
ސްޓެފަންގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ މޮޅު ސައިންޓިސްޓެއް ކަމަށާއި ގެއްލިގެން އެ ދިޔައީ އަގުނުކުރެވޭ ފަދަ މުހިއްމު ބޭފުޅެއް ކަމަށެވެ. ސްޓެފަންގެ ހިތްވަރާއި ބުރަ މަސައްކަތަކީ އެތައް ބަޔަކަށް ނަމޫނާއެއް އަދި ހިތްވަރެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް