ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ އަކީ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުންފުންޏެކެވެ.
ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ މުވާސަލަތީ ހިދުމަތަށް އިންގިލާބެއް ގެނުވި ކުންފުންޏަކީ އުރީދޫ އެވެ. ކަސްޓަމަރުން ބޭނުންވާ ހިދުމަތްތަކާއި ތަފާތު އައު ކަންކަން ދިވެހި މުޖްތަމައަށް ތައާރަފު ކުރުމަކީ އުރީދޫ މޯލްޑިވްސް ވުޖޫދަށް އައިއްސުރެ ކުރަމުން އަންނަ ކަމެކެވެ.
އަނެއްކާވެސް އުރީދޫގެ އަޑު މިވަނީ ގަދަވެފައި އެވެ. ސޯޝަލް މީޑިއާގައި ކުރަމުން އަންނަ ސުވާލު ތަކަކާއި ގުޅިގެންނެވެ.
މާރިޗް 10 ވީ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި އުރީދޫން މި އަންނަނީ ސުވާލެއް ކުރަމުންނެވެ. އެންމެ ފުރަތަމަ ކޮށްފައިވާ ސުވާލަކީ އެންމެ ރީތި ލަވަ އަކީ ކޮބައިތޯ ކޮށްފައިވާ ސުވާލެވެ. އެއަށްފަހު އެންމެ ސަޅި ސްޓައިލަކީ ކޮބައިތޯ އާއި އެންމެ މީރު ރަހަ އަކީ ކޮބައިތޯ އަދި އެންމެ ދުރު ހަނދާނަކީ ކޮބައިތޯވެސް އުރީދޫން މިވަނީ އަހާފައި އެވެ.
ފާއިތުވި ހަތަރު ދުވަހު ހަމަ ކޮންމެ ދުވަހަކުވެސް އުރީދޫން ސުވާލެއް ކުރާއިރު އެ ސުވާލުތަކަށް ކޮމެންޓްކުރާ ގިނަ ފަރާތްތަކުގެވެސް އޮތީ ސުވާލެކެވެ. އެއީ ވާން މިއުޅެނީ ކީއްކަމާއިމެދު އުފެދެ ސުވާލެވެ!؟.
ހަމަ ގައިމުވެސް ވާން މިއުޅެނީ ކީއްކަން އަޅުގަނޑުމެންނަކަށްވެސް ނޭނގެ އެވެ. އެނގޭހާވެސް ކަމަކީ ކޮންމެވެސް ކަމެއް ވާން އެބަ އުޅޭ ކަމެވެ. މިއަދުވެސް ވެދާނެ ކަމެވެ. ހަމަ ނުވެ ވެސް ހިނގައިދާނެ ކަމެވެ. އޮތް ހާވެސް ގޮތަކީ ކެތް ކޮށްލައިގެން ބަލަން ތިބުމެވެ. އެނގޭހާވެސް ކަމަކީ އުރީދޫ އަކީ ދިވެހިންނަށް ހިނިތުންވުން ގެނުވާ ތަފާތު ކުންފުންޏެއް ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް