އުފަންދުވަހާއި ދިމާކޮށް އާމިރު ހާން އިންސްޓަގްރާމާއި ގުޅިއްޖެ

އާމިރު ހާންގެ 53 ވަނަ އުފަން ދުވަހާއި ދިމާކޮށް އިންސްޓަގްރާމާއި ގުޅިއްޖެ އެވެ. އޭނާގެ އެކައުންޓު ވެރިފައި ވެފައިވާއިރު އެންމެ ފޮޓޯއެއްވެސް ނުލާ އުޅެނިކޮށް 221 ހާހަށްވުރެ ގިނަ މީހުން ވަނީ އާމިރު ހާން ފ...

14 Mar 2018 | 02:53

އާމިރު ހާންގެ 53 ވަނަ އުފަން ދުވަހާއި ދިމާކޮށް އިންސްޓަގްރާމާއި ގުޅިއްޖެ އެވެ.

އޭނާގެ އެކައުންޓު ވެރިފައި ވެފައިވާއިރު އެންމެ ފޮޓޯއެއްވެސް ނުލާ އުޅެނިކޮށް 221 ހާހަށްވުރެ ގިނަ މީހުން ވަނީ އާމިރު ހާން ފޮލޯ ކުރަން ފަށާފައި އެވެ. އޭނާގެ ސަޕޯޓަރުން އުންމީދު ކޮށްގެން ތިބީ މިއަދު އުފަންދުވަހުގެ މުނާސަބަތުގައި އާމިރު ހާންގެ ފުރަތަމަ ޕޯސްޓް އިންސްޓަގްރާމްގައި ޝެއާ ކުރާނެ ކަމަށެވެ.

އާމިރު ހާން އިންސްޓަގްރާމް ބޭނުން ކުރަން ފަށާފައިވާ ކަމަށެ ބުނެ 2014 ވަނަ އަހަރުވެސް އަޑު ފެތުރުނެވެ. އެކަމަކު އެވާހަކަ ދޮގުކޮށް އޭނާ ބުނެފައިވަނީ އެއީ އަސްލު އެކައުންޓެއް ނޫން ކަމަށެވެ.

އާމިރު ހާން އަކީ ސޯޝަލް މީޑިއާގައި އެތައް މިލިއަން ބަޔަކު ފޮލޯ ކުރާ މީހެކެވެ. އެގޮތުން ޓުވިޓާގައި އޭނާ ފޮލޯ ކުރާ 23 މިލިއަން މީހުން އުޅޭއިރު އާމިރު ހާންގެ ފޭސްބުކް ޕޭޖަށް 15  މިލިއަނަށްވުރެ ގިނަ މީހުން ލައިކް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް