ބޮލީވުޑްގެ މެގަ ސްޓާ އަމީތާބު ބައްޗަން ބަލިވެ އުޅޭތާ އެތައް މަހެއް ވެއްޖެ ކަމަށް އޭނާގެ އަންހެނުން ޖަޔާ ބައްޗަން ބުނެފި އެވެ.
އަމީތާބަށް އަނިޔާވެފައިވަނީ މިހާރު އޭނާ ޝޫޓް ކުރަމުންދާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ މަންޒަރެއް ނަގަމުންދަނިކޮށް އުނަގަނޑަށެވެ އެއީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެވެ. އޭގެ ފަހުން އެ ފިލްމުގައި ލާންޖެހޭ ބަރު ހެދުންތަކުގެ ސަބަބުން އަމީތާބުގެ ކަރާއި ގައި ރިއްސުން ވަނީ އިތުރުވެފަ އެވެ.
އަމީތާބުގެ އުނަގަނޑަށް ލިބުނު އަނިޔާ އާއި ގުޅިގެން އެ ފިލްމުގެ ޝޫޓިން އެއް ދުވަހަށް މެދުކަނޑާލި އެވެ. އެކަމަކު ބަރު ހެދުންތައް ލުމުން ބަލިވުން އިތުރުވާތީ ޝޫޓިން މެދުކަނޑާލާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފިލްމުގެ ޝޫޓިން ކުރިޔަށްދާ ޖައިޕޫރަށް ޑޮކްޓަރުންގެ ޓީމެއް ގެންގޮސްގެން އޭނާ ގެންދަނީ ފަރުވާ ހޯދަމުންނެވެ
އަމީތާބުގެ އަންހެނުން ޖަޔާ ބުނެފައިވަނީ ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އަމީތާބު މުޅިން ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އުމުރުން 75 އަހަރުގެ އަމީތާބު ފިލްމީ ދާއިރާއަށް ހުންނަ ޝައުގުވެރިކަމުގެ ބޮޑު ކަމުން ޝޫޓިން މެދުކަނޑާލާފައި ނުދެ އެވެ. އޭނާ ގެންދަނީ ބައެއް ދުވަސްދުވަހު ފަތިހުވެސް ޝޫޓިން ތަކުގައި ބައިވެރިވަމުންނެވެ.
“ތަގްސް އޮފް ހިންދުސްތާން” ގައި އަމީތާބާއި އެކު ދެން ފެނިގެންދާނީ އާމިރް ހާނަށް އާއި ކެޓްރީނާ ކެއިފް އެވެ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ދިވާލީގައި އެވެ.
"ތަގްސް އޮފް ހިންދުސްތާން" ގެ އިތުރުން އަންނަ މޭމަހުވެސް އަމީތާބުގެ ފިލްމެއް ރިލީޒްވާނެ އެވެ. "102 ނޮޓް އައުޓް" ކިޔާ މި ފިލްމުގައި އޭނާ އާއި އެކު ފެނިގެންދާނީ ރިޝީ ކަޕޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް