ރާއްޖެއިން ބޭރު ކުރަން އުޅު ހަތަރު މިލިއަން ރުފިޔާ އަތުލައިގެންފި

ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ. ކަސްޓަމްސްއިން ބުނީ މި ފައިސާތަކަކީ ތިން ފަހަރެއްގެ މަތިން ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ...

14 Feb 2020 | 18:29

ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސްއިން ބުނީ މި ފައިސާތަކަކީ ތިން ފަހަރެއްގެ މަތިން ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ފައިސާ ކަމަށެވެ. އެގޮތުން ކަސްޓަމްސް އިން ޑިކްލެއާ ކުރުމެއް ނެތި ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފަ ވަނީ ބޭރު ފައިސާ ކަމަށް ބުނެފައެވެ.

މި މައްސަލަތަކުގަ ހައްޔަރު ކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ އެކެވެ. ކަސްޓަމްސްއިން ބުނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ތެރެއިން އެއް 29 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ އަހަރުގެ ޑިސެމްބަރު12 ވަނަ ދުވަހު ހިފެހެއްޓީ2.1 މިލިއަން ރުފިޔާ އާއި އެކު އެވެ. ހަމަ އެ ދުވަހު33 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ކަސްޓަމްސްއިން އަތުލައިގަތީ 617،000 ރުފިޔާ އާއި އެކު އެވެ.

އޭގެ ފަހުމ މިދިޔަ މަހުގެ22 ވަނަ ދުވަހު31 އަހަރުގެ ދިވެހި ފިރިހެނަކު އަތުލައިގެންފައިވަނީ1.3 މިލިއަން ރުފިޔާ އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 20،000 ޑޮލަރު ނުވަތަ އެ އަށް ވުރެ މަތީ އަދަދެއްގެ ފައިސާ ނަމަ، ބޭރުގެ ފައިސާ އިން ނުވަތަ ދިވެހި ރުފިޔާ އިން ވެސް ރާއްޖެ އިން ބޭރު ކުރެވޭނީ ކަސްޓަމްސް އިން ޑިކްލެއާ ކުރުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް