ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގާ ދެ ކާރަށް ބޮޑެތި ގެއްލުންތަކެއްވެ ބަޔަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގިވަގުތު އެއް ކާރުގައި ތިން މީހަކު ތިއްބެވެ. އަނެއްކާރުގައި އިނީ ޑުރައިވަ...

14 Feb 2020 | 12:05

ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގާ ދެ ކާރަށް ބޮޑެތި ގެއްލުންތަކެއްވެ ބަޔަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގިވަގުތު އެއް ކާރުގައި ތިން މީހަކު ތިއްބެވެ. އަނެއްކާރުގައި އިނީ ޑުރައިވަރު  އެކަންޏެވެ. މި ދެކާރުގައިތިބި މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 04:10 އެހާކަންހާ އިރުއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި އެއް ކާރު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނަ އަތުގައި ލައިސަންސް އޮތްކަމަށެވެ. އަނެއް ކާރު ދުއްވަން އިނީ 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި  އޭނަ އަތުގައި ލައިސަންސްއެއް ނެއްކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް