ކުޑަ ދެ އަންހެން ކުއްޖަކަށާއި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދިވެއްސަކު ހައްޔަރުކޮށްފި

އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި...

14 Feb 2020 | 11:02

އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ހއ. ހދ އަދި ށ. އަތޮޅު ހިމެނޭ އަޕަރ ނޯތު ޕޮލިސް ޑިވިޒަން އޭރިއާއިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ މީހަކު ހައްޔަރު ކުރީ މިއަދު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން މި ފަދަ މައްސަލަތަކުގައި ކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް