ހުކުރު ހުތުބާ: ދަރިންދެކެ ހަގީގީ ލޯބިވާންވީ ގޮތް ބުނެދީފި

ދަރިން ދެރަވެދާނެ ކަމަށް، މާ ބޮޑު ބެލެހެއްޓުމެއް ނެތި، އެ ކުދިން ބޭނުން ކަމެއް ކޮށް. ބޭނުން ތަނަކަށް ދިއުމުގެ މިނިވަންކަން ދިނުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. މި...

14 Feb 2020 | 10:15

ދަރިން ދެރަވެދާނެ ކަމަށް، މާ ބޮޑު ބެލެހެއްޓުމެއް ނެތި، އެ ކުދިން ބޭނުން ކަމެއް ކޮށް. ބޭނުން ތަނަކަށް ދިއުމުގެ މިނިވަންކަން ދިނުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފަވަނީ ބައެއް މައިންބަފައިން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުމަކީ، އެ ކުދިންގެ އުމުރާއި ބޭނުން ތަކަށް ނުބަލައި އެ ކުދިން ބޭނުން ވަރަކަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދިނުމަކީ ދަރިން ދެކެ ލޯބިވުން ކަމަށެވެ. އެކަމަކު ދަރިން ދެކެ ޙަޤީޤީ ލޯބިވުމަކީ އިސްލާމީ ތަރުބިޔަތަކުން އެ ދަރިން ތަރުބިޔަތު ކުރުންކަމާއި ޙަލާލު އާމްދަނީން އެ ދަރިންނަށް ރަނގަޅު ތަޢުލީމު ދީ، ފައިދާ ހުރި ކާނާ އާއި، އަންނައުނު ހޯދައިދިނު ންކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައިވާގޮތުގައި ދަރިންނަށް ނަސޭހަތް ދޭއިރު މައިންބަފައިންގެ ފަރާތުން ދަރިންނަށް ނަމޫނާ ދައްކަން ޖެހޭނެ އެވެ. އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން، ކުދިންނަށް މަނާ ކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެގެންކަމަށް ބުނެފައިވެ އެވެ.

ހުރިހާ މައިންބަފައިން ވެސް ދަރިންނަށް ނަމާދު ކުރުމަށް ބާރުއަޅަންވާނެކަމަށް ޚުތުބާގައި ބުންޏެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަށް ތަބާވުމުގެ ގޮތުން ކުޑައިރުއްސުރެ ކުއްޖާ ނަމާދު ކުރުމަށް ހޭލުންތެރިކޮށް، ކުއްޖާ އެކަމަށް ތަމްރީން ކުރަންވާނެކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ޚާއްސަކޮށް އަންހެންކުދިންގެ ހެދުން އެޅުން އިސްލާމީ ހުދޫދުގެ ތެރޭގައި ބެހެއްޓުމުގެ މުހިއްމުކަން ހުތުބާގައި ބަޔާންކޮށްދިނެވެ. މައިންބަފައިން، އަންހެން ދަރިންގެ ހެދުމާ މެދު ވަރަށް ބޮޑަށް ސަމާލުކަން ދޭން ވާނެކަމަށާއި، ތުއްތު އިރުން ފެށިގެން އިސްލާމީ އޮނިގަނޑަށް ހެދުން ލައްވާނަމަ އެ ކުދިން ބޮޑުވުމުން އިސްލާމީ މިންގަނޑަށް ފޭރާން އެޅުމަށް ލޯބިކުރާނެކަމަށް ހުތުބާގައި ބުންޏެވެ. އަދި މީހަކު ހީވެސް ނުކުރާ ފަދަ ބޮޑެތި ފިތުނަތަކާއި އެތައް މައްސަލަތަކަކުން ސަލާމަތްވާން މަގު ފަހިވާނެ ކަމަށްވެސް ހުތުބާގައި ވަނީ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް