ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޓީއެމްއޭއަށް ދޭން އުޅޭކަމަށް ބުނެ އެންޓީ ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށާފައިވާ ޖިނާއީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މާކެޓް ރޭޓަށްވުރެ މާ ކުޑަ އަގެއްގައި އާ ސީޕްލޭން ޓާމިނަލްގެ19،000 އަކަމީޓަރު، އަކަމީޓަރެއް10.35 ޔޫއެސް ޑޮލަރަށް ޓީއެމްއޭއަށް ދޭން އެއްބަސްވެ2017 ވަނަ އަހަރުގެ ނޮވެމްބަރުު މަހު އެމްއޭސީއެލްއިން ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެކަމަކު މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ބުނެފައިވަނީ އެ އަގުގައި ދީފި ނަމަ އެމްއޭސީއެލްއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށާއި ޓީއެމްއާއި އެކު އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފަ ނުވާ ކަމަށެވެ.
އޭސީސީގެ އެ ތަހުގީގާ ގުޅިގެން އެމްއޭސީއެލްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ތަހުގީގަށް އެ ކުންފުނިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މިހާތަނަށް ކޮންމެ އިދާރާއަކުން އެ މައްސަލައިގެ ތަހުގީގެއް ކުރިޔަށް ގެންދިޔަޔަސް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ
އިތުރަށް ބުނެފައިވަނީ އެމްއޭސީއެލް އެދުމަކީ އާ ރަންވޭ ބޭނުން ކުރަން ފެށުމަށްޓަކައި އާ ސީޕްލޭންއާ ގުޅޭ ގޮތުން މިހާރު އުފެދިފައިވާ ބޮޑު މައްސަލަގަނޑުގައި ގޮތެއް ނިންމުން އަވަސް ކޮށްދިނުމެވެ. އެއީ، އެއާޕޯޓުގައި ތޮއްޖެހުން ހައްލުކޮށް، އެއާލައިންތަކުން ކުރާ ހޭދަ ކުޑަކުރެވެން އޮތީ އާ ރަންވޭ ބޭނުން ކުރަން ފެށުމުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
https://twitter.com/MACLmedia/status/1228014491461275648
އިއްޔެ އޭސީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އާޓާމިނަލް ނުއަގުގައި ދޭން އުޅޭ ޓީއެމްއޭއާ ސީޕްލޭން ހިދުމަތްދޭ މަންތާ އެއާގައި އެމްއޭސީއެލްގެ މިހާރުގެ ބޯޑާއި ކުރީގެ ބޯޑު މެންބަރުންގެ އާއިލީ އަދި ވިޔަފާރީގެ ގުޅުން ހުރި މީހުން އެބަތިބި ކަމަށެވެ. އެހެންވެ މިއީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް