ދިރާގުން5ޖީ ލިބޭ ހުއާވޭ މޭޓް 20 އެކްސް ފޯނު ވިއްކަން ފަށައިފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ފޯނު ރަސްމީކޮށް ތައާރަފުކޮށްދެއްވީ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު އެވެ.
އެ ކުންފުނިން ބުނީ މިހާރު ދިރާގު ވެބްސައިޓު މެދުވެރިކޮށް ފޯނު ގަނެވޭނެ ކަމަށެވެ. އެކަމަކު ވެބްސައިޓު މެދުވެރިކޮށް ގަންނަ ފޯނު ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މި ފޯނު އިންސްޓޯލްމެންޓަށް ނެގޭނެ އެވެ.
ދިރާގުން މި ފޯނުތައް ވިއްކަނީ 15،899 ރުފިޔާ އަށެވެ. އިންސްޓޯލްމެންޓަށް ފޯނު ނަގާ ކަސްޓަމަރުންނަށް ޑައުންޕޭމަންޓުގެ ގޮތުގައި 3،499 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،129 ރުފިޔާ އެވެ.
ވާވޭގެ ފޯނަކީ ފްރަންޓް ކެމެރާއާ އެކު ހަތަރު ކެމެރާ ހިމެނޭ ފޯނެކެވެ. މި ފޯނުގެ ކެމެރާތަކުގެ ތެރޭގައި 40 އެމްޕީ އާއި 20 އެމްޕީ އަދި އަށެއް އެމްޕީގެ ކެމެރާ ހިމެނެ އެވެ. ފްރަންޓް ކެމެރާއަކީ 24 އެމްޕީގެ ކެމެރާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް