މަތީ ގްރޭޑްތަކަށް ޤުރުއާން އިމްތިހާނު ދޭން ފެށުން ފަސްކޮށްފި

އެސްއެސްސީ އިމްތިހާނުގައި ޤުރުއާން އިމްތިހާނު ހެދުން ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ކީސްޓޭޖް ހަތަރެއްގައި މިހާރު ތިބި ދަރިވަރުންނަކީ ...

14 Feb 2020 | 08:14

އެސްއެސްސީ އިމްތިހާނުގައި ޤުރުއާން އިމްތިހާނު ހެދުން ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ކީސްޓޭޖް ހަތަރެއްގައި މިހާރު ތިބި ދަރިވަރުންނަކީ ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުން ކަމަށެވެ. އެއީ ގްރޭޑް ނުވައެއް އަދި10 ގެ ދަރިވަރުންނެވެ.

މިނިސްޓްރީން ބުނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލެއްގެ ދަށުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.

މިހާރު ކީ ސްޓޭޖް ހަތަރެއްގައި ތިބި ކުދިންނަށް ޤުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މިއަހަރު އެވެ. އެ މިނިސްޓްރީން ބުނީ އެހެންވެ އެ ފެންވަރުގައި ކީރިތި ގުރުއާން ކިޔަވައި ދީ، އިމްތިހާނު ކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ދަރިވަރުން ތިބީ އެފަދަ އިމްތިހާނަކަށް ތައްޔާރުވެފައި ނޫންކަން ފާހަގަވެފައިވާ ކަމަށެވެ.

"މި ކަންކަމަށް ރިޔާއަތްކޮށް، ކީސްޓޭޖް 4 އެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކޮށްލުމަށް ވަނީ ހަމަޖެހިފައި. މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާނީތީ،" އެޑިއުކޭޝަނުުން ނެރެފައިވާ ސާކިއުލާގައި ބުނެފައިވެ އެވެ.

އެޑިއުކޭޝަނުން ބުނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސުކޫލްތަކުގައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް