ޗައިނާގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 (ކޮރޯނާވައިރަސް) ގައި މަރުވި ޗައިނާއިން މަރުވި މީހުންގެ އަދަދު 1488 އަށް އަރައިފިއެވެ.
މިގޮތުން ޗައިނާއިން ފާއިތުވި 24 ގަޑިއިރު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު މި ވައިރަހުގައި 121 މީހަކު މަރުވެފައިވެއެވެ. އަދި އިތުރު 4823 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިއާއެކު ޕޮޒިޓިވް ވި އަދަދުވެސް މިވަނީ 65 ހާހާ ގާތްކޮށްފައެވެ.
މި ވައިރަސް ޗައިނާ ފިޔަވައި ދުނިޔޭގެ 25 ގައުމަކުން ފެނިފައިވާއިރު ޗައިނާއިން ބޭރުން ތިން މީހަކު ވަނީ މި ވައިރަހުގައި މަރުވެފައެވެ. އެއީ ހޮންކޮންގުން މީހަކާއި ފިލިޕީންސުން މީހަކާއި ޖަޕާނުން މީހެކެވެ. ޖަޕާނުން މި ވައިރަހުގައި މީހަކު މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހުބެއި ޕްރޮވީންސްގެ ވޫހާން ސިޓީން ފެނުނު މި ވައިރަސް ފެތުރުމުގެ ސްޕީޑަށް ބަދަލެއް އައިސްފައެއް އަދި ނުވެއެވެ. ކޮންޓްރޯލް ވާ މަންޒަރުވެސް އަދި ނުފެނެއެވެ. ނަމަވެސް ޗައިނާއިން ވަނީ މި ވައިރަސް އެ ގައުމުން ބޭރަށް ދިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ގައުމުގެ ބައެއް ސިޓީތައް ވަނީ ވަދެ ނުނިކުމެވޭނެ ގޮތަށް "ލޮކް ޑައުން" ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް