ގޭގައި މަޑުކުރަން އެންގުމުން ގޭންގުތަކުން އަޅުގަނޑަށް އެބަ މަލާމާތްކުރޭ: މަހްލޫފް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު ހަމްލޫފް ގޭގައި މަޑުކޮށްލެއްވުމަށް ރައީސް އެދިލައްވާފައިވާއިރު ގޭންގުތަކުން މިހާރު މަލާމާތްކުރަމުން އަންނަކަމުގައި މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވ...

14 Feb 2019 | 16:54

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު ހަމްލޫފް ގޭގައި މަޑުކޮށްލެއްވުމަށް ރައީސް އެދިލައްވާފައިވާއިރު ގޭންގުތަކުން މިހާރު މަލާމާތްކުރަމުން އަންނަކަމުގައި މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މަހްލޫފް ވިދާޅުވެފައިވަނީ ގޭގައި މަޑުކުރަން އެންގީމާ އިންޒާރުދީ، ބިރުދައްކާ އަދި މަލާމާތުގެ މެސެޖުތައް ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.

"މިކަމުންވެސް ޔަގީންވަނީ މި މައްސަލަ ކޮންމެހެންވެސް ހައްލުކުރަން މަޖުބޫރުކަން، އެއީ ރައްޔިތުން އަދި ގޭގްތަކުގެވެސް ރަނގަޅަކަށް" މަހްލޫފް ވިދާޅުވެފައިވެއެވެ.

މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކޮށްލެއްވުމަށް ރައީސް އެންގެވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގީ ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އާންމު ކުރިއިރު، އެސްއޯއެފް އެކައުންޓުން މަހްލޫފާއި އަކްރަމްގެ އެކައުންޓަށް ޑޮލަރު ޖަމާކޮށްފައިވާތީ، އެ މައްސަލަ ބަލާ ނިމެންދެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް