ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެންގެވުމަށް އިހުތިރާމްކުރައްވާކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/AhmedMahloof/status/1096037321181356037
މަހްލޫފް ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 33 ހާސް ޑޮލަރުގެ މައްސަލަ ބަލާ ވަކިގޮތެއް ނިމެންދެން ގޭގައި މަޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައިކަމަށެވެ. އެ ނިންމުމަށް އިހުތިރާމް ކުރައްވާކަމުގައި މަހްލޫފް ވިދާޅުވެފައިވެއެވެ.
މަހްލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންވެސް ގޭގައި މަޑުކުރެއްވުމަށް ރައީސް އެންގެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް