ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ.
މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 33 ހާސް ޑޮލަރުގެ މައްސަލަ ބަލާ ވަކިގޮތެއް ނިމެންދެން ގޭގައި މަޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައިކަމަށެވެ. އެ ނިންމުމަށް އިހުތިރާމް ކުރައްވާކަމުގައި މަހްލޫފް ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަކްރަމް އާއި މަހްލޫފް، މި ދެބޭފުޅުންވެސް ގޭގައި މަޑުކުރަން އަންގާފައިވަނީ އެމްއެމްޕީއާރުގެ މައްސަލަ ބަލާ ވަކިގޮތަކަށް ނިމެންދެނެވެ.
https://twitter.com/AhmedMahloof/status/1096037321181356037
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް