އއ. މަތިވެރީގައި ހުންނަ އެސްޓީއޯގެ ތިޖޫރި ވަގަށް ނަގައިގެން ދަނިކޮށް ފުލުހުންނަށް ފެނުމުން އެ ތިޖޫރި އެއްލާލާފައި ދުވެ ފިލި ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކު ކަމަށެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ހެނދުނު ބުނެފައިވަނީ ރޭ 02:50 އެހާއިރު އއ. މަތިވެރި ރަށުތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް، ދެމީހަކު ތިޖޫރިއެއް ހިފައިގެން އުޅެނިކޮށް ފެނިގެން މަޑުކުރަން އެންގުމުން ތިޖޫރި އެއްލާލުމަށްފަހު ވަނީ ފިލާފައި ކަމަށެވެ.
ރަށުތެރޭގެ ހުރިހާ ފިހާރަ އަދި އޮފީސްތައް ޗެކް ކުރި ކުރުމުން އެސްޓީއޯ ބޭސްފިހާރަ ވަނީ ފަޅާލާފައިކަން އެނގުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް