"ްއއ.ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެމުން ވިދާޅުވޮގޮތުގައި، އެމްއެންޑީއެފް މާލޭ އޭރިއާގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 08:30 ހާއިރު މާލެ ގެނެސްފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެއް ކަމަށެވެ.
އެއަންހެން މީހާ މާލެ ގެނެސްފައިވަނީ، ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރަށް ފަރުވާ މާލެ ގެންދިޔުމަށް، އެމީހާ ބެލި ޑޮކްޓަރު ލަފާ ދިނުމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެއަންހެންމީހާ މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދެވިފައި ކަމަށްވެސް ވިދާޅުވިއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް