ގޭންގްތަކާއި މަޝްވަރާކުރަނީ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަން:މަހުލޫފް

ގޭންގަތަކާއި މަޝްވަރާ ކުރައްވަނީ ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެންނަން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓިވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ...

14 Feb 2019 | 05:28

ގޭންގަތަކާއި މަޝްވަރާ ކުރައްވަނީ ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެންނަން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓިވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ގޭންގް ތަކާއި މަޝްވަރާ ކުރާ ވާހަކަ ދައްކަނީ ގޭންގްތަކާއެކު ޑީލެއް ހެދުމަށް ނޫން ކަމަށާއި، އެހެން ނަމަވެސް ގޭންގްތަކުގައި ތިބި ކުދިން ސަލާމަތް ކުރަން ޖެހޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ގޭންގުތަކުގެ އުދަނގުލާއި، މީހުން މެރުމާއި، މާރާމާރި ހިންގުމުގެ އިތުރުން މަގުމަތީގައި ހިނގާ ނުޅެވޭ ވާހަކައަކީ އެންމެ ގިނަ މީހުން ދައްކަމުން އައި އެއް ވާހަކަ ކަމަށެވެ. ގޭންގުތައް މައިތިރިކުރަންޖެހޭއިރު، މުގުރު ހިފައިގެން ދިޔަ ނަމަވެސް ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޭންގުތަކުގެ މައްސަލަ ކަމަށާއި، ގޭންގުތަކަށް ޒުވާނުން ވަނުން ހުއްޓުވަންޖެހޭ ކަމަށެވެ. ގޭންގުތަކުގެ ޝިކާރައަކަށްވެފައި ތިބި ކުދިން ސަލާމަތް ކުރުމަކީ ވެސް ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގޭންގްތައް ބޭނުން ކުރި ނަމަވެސް މި ސަރުކާރުން ގޭންގްތައް އެގޮތަށް ބޭނުމެއް ނުކުރާނެއެވެ.

"ބައެއް ފަރާތްތަކަށް ހީވި، އަޅުގަނޑު މިއުޅެނީ ޝައިނީމެން ގޭންގްތަކާއެކީ ފޮޓޯ ނެގި ގޮތަށް ނަގާށޭ. އެޔެއް ނޫން. އަޅުގަނޑު ދަންނަ ކުދިން އެބަތިއްބޭ ގޭންގްތަކުގައި. އެކަމަކު އަޅުގަނޑު ވަރަށް ކެރިގެން މިދަންނަަވަނީ އޭގެން އެއްވެސް މީހެއްގެ ދަށެއް ވެފައެއް ނޯންނާނެ." މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ ގޭންގްތަކަށް ވަންނަ ޒުވާނުން ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް