އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކީ ބަލި މީހުން ތަކެއް މާލެ ގެނެސްފި

މޫސުން ގޯސްވެ، ސީއެމްބިއުލަންސްގައި ދަތުރު ނުކުރެވިގެން ބަލި މީހުންތަކެއް އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފިއެވެ. އެމްއެންޑީއެފުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި، އއ.ފ...

14 Feb 2019 | 05:24

މޫސުން ގޯސްވެ، ސީއެމްބިއުލަންސްގައި ދަތުރު ނުކުރެވިގެން ބަލި މީހުންތަކެއް އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި، އއ.ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ ބަލި ތިން މީހުން ކޯސްޓްގާޑް ނޫރައްދީންގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އިތުރަަށް ބުނީ، ހާލު ދެރަވެގެން މާލެ ގެނެސްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި، 37 އަހަރުގެ ފިރިހެނެއްގެ އިތުރުން 32 އަހަރުގެ އަންހެނެއް ކަމަށެވެ.

މިތިން މީހުން މާލެ ގެނެސްފައިވަނީ ރޭ ނުވައެއް ޖަހާކަށް ހާއިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް