މަތިވެރީގައި ތިޖޫރިއެއް ވަގަށް ނެގުމަށްފަހު، ފުލުހުން ފެނުމުން އެއްލާލާފައި ފިލައިފި

އއ. މަތިވެރީގައި ތިޖޫރިއެއް ވަގަށް ނަގައިގެން އުޅުނު ދެމީހަކު އެ ތިޖޫރި އެއްލާލާފައި ފިލާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރޭ 02:50 ހާއިރު އއ. މަތިވ...

14 Feb 2019 | 03:35

އއ. މަތިވެރީގައި ތިޖޫރިއެއް ވަގަށް ނަގައިގެން އުޅުނު ދެމީހަކު އެ ތިޖޫރި އެއްލާލާފައި ފިލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރޭ 02:50 ހާއިރު އއ. މަތިވެރި ރަށުތެރެ ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހުންނަށް ދެމީހަކު ތިޖޫރިއެއް ހިފައިގެން އުޅެނިކޮށް ފެނިގެން މަޑުކުރަން އެންގުމުން ތިޖޫރި އެއްލާލުމަށްފަހު ވަނީ ފިލާފައިކަމަށެވެ.

"މިކަމާ ގުޅިގެން ރަށުތެރޭގެ ހުރިހާ ފިހާރަ އަދި އޮފީސްތައް ޗެކް ކުރި ކުރިއިރު އެސްޓީއޯ ބޭސްފިހާރަ ވަނީ ފަޅާލާފައި" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގާ އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން އަދި ފުލުހުން ހާމަކޮށްފއެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް