ކެންސަރު ފަރުވާއަށްފަހު އިރްފާން ޚާން އެނބުރި އަތުވެއްޖެ

މިދިޔަ އަހަރުގެ މާރިޗް މަހުގެ 16 ވަނަ ދުވަހު، ބޮލީވުޑް އެކްޓަރު އިރްފާން ޚާންގެ ފޭނުންނަށް ހިތާމަވެރި ހަބަރެއް ލިބިގެން ދިޔައެވެ. އެއީ ނިއުރޯއެންޑޯކްރީން ޓިއުމަރެއް އިރްފާންގެ ހަށިގަނޑުގައި ހުރި ކަން ...

14 Feb 2019 | 03:19

މިދިޔަ އަހަރުގެ މާރިޗް މަހުގެ 16 ވަނަ ދުވަހު، ބޮލީވުޑް އެކްޓަރު އިރްފާން ޚާންގެ ފޭނުންނަށް ހިތާމަވެރި ހަބަރެއް ލިބިގެން ދިޔައެވެ. އެއީ ނިއުރޯއެންޑޯކްރީން ޓިއުމަރެއް އިރްފާންގެ ހަށިގަނޑުގައި ހުރި ކަން އޭނާ އިއުލާނު ކުރުމެވެ. އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރެކެވެ.

އެއަށްފަހު އިރުފާން ވަނީ ކެންސަރު ފަރުވާއަށް ލަންޑަނަށް ގޮސްފައެވެ. ނަމަވެސް ފަރުވާ ނިންމާލުމަށްފަހު އިރްފާން އެނބުރި މުމްމާއީ އަށް ގޮސްފައިވާކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވެއެވެ.

މި ކަމާ ބެހޭގޮތުން އޭނާގެ ގާތް ރަހުމަތްތެރިއަކު ބުނެފައިވަނީ އިރްފާން މުމްބާއީ އަށް އެނބުރި އައި ކަމުގައިވިޔަސް ފިލްމުތަކުގެ މަސައްކަތް އަދި ފަށަން ނުނިންމާކަމަށެވެ.

ނަމަވެސް އޭނާ ކުޅެފައިވާ ފިލްމު ހިންދީ މީޑިއަމްގެ ދެވަނަ ސީކުއަލްގެ މަސައްކަތް ފެބްރުއަރީ 22 ވަނަ ދުވަހު ފަށާނެކަމަށް ޕްރޮޑިއުސަރު ބޫޝަން ކުމާރު ވަނީ ބުނެފައެވެ. އޭނާ ބުނެފައިވާގޮތުގައި ހިންދީ މީޑިއަމް ދޭއްގައިވެސް ފެނިގެންދާނީ އިރްފާން ޚާނެވެ. ނަމަވެސް ފިލްމަށް ފޭނުން އިންތިޒާރު ކުރަންޖެހޭނެކަމަށްވެސް ބޫޝަން ކުމާރު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް